
ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައި އެމް.އެން.ޔޫގެ ޕްރޮގްރާމްތައް ފެށުމަށް ފަހުމުނާމާގައި ސޮއިކޮށްފި
# ސްޓެލްކޯ-
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ކ.ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޕްރޮގްރާމްތައް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަމާހް ރަޝިދެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ކ.ތުލުސްދޫގެ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެކުލައިވަލާފައިވާ ކަންރަންޓު މަސައްކަތްތަކާއި ގުޅޭ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިވެފެންދާނެ ކަމަށެވެ.
އަދި މިފަދަ އެއްބަސްވުންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި މަތީ ތަޢުލީމާއި ތަމްރީނު ފުޅާކޮށް، އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި
.jpeg&w=3840&q=75)
ސިލޯނާއިއެކު ދިވެހީން: ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް!





