
ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި
# ސްޓެލްކޯ-
ކ ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަރަމަންޓް ޠާރިޤް އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އާއި ތުލުސްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯއިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑާއިއެވެ. އެގޮތުން 11،954،501.00 ދިވެހި ރުފިޔާއަށް މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ އަންނަ އަހަރު މާޗުމަހަށް ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ތުލުސްދޫގައި އައު އިންޖީނުގެ އަކާއިކަސްޓަމަރ ސަރވިސް ބިލްޑިންގ އެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައި އެވެ.
ގުޅުންހުރި

އަލަށް ހަވާލުވި ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސްޓްލެކޯގެ އިސްވެރިން އެރަށަށް!

ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

.gif&w=3840&q=75)



