logoEN
Sto top
މަސްވެރިކަން އިޝްތިހާރުކުރާ ކުންފުނީގެ އެމްޑީއަކަށް ޑރ މުޙައްމަދު އިބްރާޙިމް!

މަސްވެރިކަން އިޝްތިހާރުކުރާ ކުންފުނީގެ އެމްޑީއަކަށް ޑރ މުޙައްމަދު އިބްރާޙިމް!

އަހުމަދު ޝުރާއު

logo

9/14/2025, 11:28:20 AM

# ޕީސީބީ

ޑރ މުހައްމަދު އިބްރާހިމް:- ފޮޓޯ | މިހާރު ނޫސް

މަސްވެރިކަން ޕްރޮމޯޓުކުރުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

Wamco

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ބުނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މާގާމަށާއި، ބޯޑު މެމްބަރުކަމުގެ މަގާމަށް، އދ. މާމިގިލީ – ޖަވާހިރުވާދީ ޑޮކްޓަރ މުޙައްމަދު އިބްރާޙިމް އައްޔަނުކޮށްފައިވާ ކަމަށެވެ.

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް"ގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް ރައީސް މުއިއްޒު އުފެއްދެވީ، ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ކުންފުނި އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC