
-
ވ އަތޮޅުގައި ސްޓެލްކޯގެ ހިދުމަތް ދެމުންދާ ރަށްތަކަށް ދާދިފަހުން އެކުންފުނީގެ އެމްޑީގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އަޙްމަދު ޝަމާޙް ރަޝީދު ރަޝީދު ޒިޔާރަތްކުރައްވައިފި އެވެ.

ސްޓެލްކޯގެ އައު އެމްޑީ ކަމާއި ޝަމާހު ހަވާލުވެވަޑައިގެންނެވީ މިދިޔަ ހަފްތާގައި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެމްޑީ ޝަމާހް އާއި ކުންފުނީގެ ބައެއް އިސްވެރިން މިދިޔަ ހަފްތާ ބަންދުގައި ވ. އަތޮޅުގައި އެކުންފުނީން ހިދުމަތްދެމުންގެންދާ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދޫއަށް ވަޑައިގެން އެ ރަށްރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ.
އަދި މި ޒިޔާރާތުގައި އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި އެކުންފުނީން ރައީސް މުއިއްޒުގެ ވެރިކަމުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ބޮޑު އިންގިލާބެއް: ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައި އެމް.އެން.ޔޫގެ ޕްރޮގްރާމްތައް ފެށުމަށް ފަހުމުނާމާގައި ސޮއިކޮށްފި





