
ބްރެންޓްފޯޑާއި އެއްވަރުވެ، އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީ އިން ނަގާލައިފި
# ބްރެންޓްފޯޑް # ބޭރު ދުނިޔޭގެ ކުޅިވަރު # ޗެލްސީ# އިނގިރޭސި ޕްރިމިއާ ލީގުޗެލްސީ އާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީ އިން ނަގަލާއިފިއެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެފައިވާއިރު، ބްރެންޓްފޯޑް އެންމެ ފަހުން ރަށުން ބޭރުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްރެންޓްފޯޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ކެވިން ޝޭޑް އެވެ.
ޗެލްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ޕާމާއަށް ވަނީ ވަރަށް ހުސް ދެފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ފަހުހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްރު މޮއިސެސް ކައިސެޑޯ އެވެ.
ބްރެންޓްފޯޑުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ފަބިއޯ ކަވާލިއޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކު ޗެލްސީ މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ބްރެންޓްފޯޑަށް ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.
ގުޅުންހުރި

ބްރެންޓްފޯޑާއި އެއްވަރުވެ، އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީ އިން ނަގާލައިފި

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލް އިން އާސެނަލް ބަލިކޮށްފި

ލީގުގައި މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެ
