
-
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ގަތަރަށް ފުރާވަޑައިގެންފި އެވެ.

ހަލީލް ގަތަރަށް ފުރާވަޑައިގެންނެވީ ގަތަރުން ބާއްވާ ކުއްލި އަރަބި އިސްލާމިކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ދޯހާގައި ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާދި ފަހުންއިސްރާއީލުން ޤަޠަރަށް ދިން ޙަމަލާތަކާއި، ފަލަސްޠީނާއި ވަށައިގެންވާ ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ބެހޭގޮތުން، އިސްލާމީ ޤައުމުތަކުގެ ވެރިން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.
އަދި މި ވަގުތުގައި ރާއްޖެ އޮތީ ގަތަރާއިއެކުގައިކަން ފާހަގަކުރައްވައި ހަލީލް ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް އިޒްރޭލުން ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަންވެސް ހާމަކުރައްވާފައި އެވެ.
މިދިޔަ ހަފްތާގައި އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއާއިއެކު މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާއިރު ޔަހޫދީންގެ މި އަމަލާއި ގުޅިގެން އަމަލުކުރާނެ ގޮތެއް ނިންމުމަށް މެދުއިރުމަތީގެ ލީޑަރުން މިހާރު އަންނަނީ ގަތަރުގެ ދޯހާގައި މުހިންމު ބައްދަލުކުރެއްވުންތަކެއް ކުރިޔަށް ގެންދަމުންނެވެ.
ގުޅުންހުރި
.webp&w=3840&q=75)
ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެ ތަމްސީލްކޮށްފި
-1764574702492.webp&w=3840&q=75)
އެންއެމްއައިއާރުއެފްގެ މަސައްކަތަށް ފޮރިން މިނިސްޓަރު ޚަލީލްގެ ތައުރީފް!

ވަޒީރު ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި





