
ބައިނަލްއަގުވާމީ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެ އަށް ލިބޭ އެހީއެެއް - ޚަލީލް
# ފޮރިން މިނިސްޓްރީ-
ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް ގެ ހަވާަސާގެ ތެރެއިން "ކޮމަން އެންޑެވަރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި ބޭއްވުނު ރައުންޑްޓޭބަލް ސެޝަންއެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެން މިއަދު ވާަހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގެ ތެރޭގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންްތައް ފާހަަގަކުރައްވާފައިވެއެވެ. އަދި، ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގެ ދަށުން މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަަކާއި ލަނޑުދަނޑިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުުޅުގައި އަލިއަޅުވާލާފައިވެއެވެ.
މިގޮތުން ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ދޫކުރާ މިންވަރު 1.52 މިލިއަން ޓަނަށް 2035 ގެ ކުރިން ދަށްކުރުމަށާއި، 2028 ކުރިން ދިވެހިރާއްޖޭގައި ޖެނަރޭޓް ކުރާ ކަރަންޓުގެ %33 އަކީ އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި "ނޭޝަނަލް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ޕްލޭނިންގ" ގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް ހިމެނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޙާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެ އަށް ލިބޭ އެހީއެެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ޔޫރަޕިއިން ޔޫނިއަން އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެދެއްވާ ޔޫރަޕިއަން ގްރީން ޑީލް "ފިޓް ފޮރ 55 ޕެކޭޖް" ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެ އަށް މިކަމުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.
ގުޅުންހުރި

ތުރުކީއާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސަށް އަރުވައިފި

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
-1772358634390.webp&w=3840&q=75)
.gif&w=3840&q=75)



