logoEN
Sto top
ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެ ތަމްސީލްކޮށްފި

ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެ ތަމްސީލްކޮށްފި

އަހުމަދު ޝުރާއު

logo

12/1/2025, 10:16:16 AM

# ފޮރިން މިނިސްޓްރީ

-

ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވިލަރެސްކޮށްގެން ދިވެހިރާއްޖޭގެ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ހިނގާ ނޮވެމްބަރު މަހުގެ 26 އިން 29 އަށް ތުރުކީގެ އިސްތަންބޫލްގައި ބޭއްވުނު 10 ވަނަ ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ.

Wamco

އަދި މި ދެ އެކްސްޕޯއާ އެކު ބޭއްވުނު 11 ވަނަ ވޯލްޑް ހަލާލް ސަމިޓްގައި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނަންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި އެމަނިކުފާނުގެ އަރިހުގައި އެމްބަސީގެ ބައެއް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދެ އެކްސްޕޯގައި ރާއްޖެއިން ޤާއިމްކޮށްފައިވާ ސްޓޭންޑުތަކުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މިދާއިރާއާ ގުޅުންހުރި ފުރުޞަތުތައް ހިއްސާކޮށް، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ތަޖުރިބާ ކުރެވޭނެ ލަގްޒަރީ މަންޒިލެއްގޮތުގައި ވަނީ އިޝްތިހާރުކޮއްފައެވެ. އަދި އައްޑޫ ސިޓީގެ ފަތުރުވެރި ވިޔަފާރިތަކާ ގުޅުންހުރި މަޢުލޫމާތާއި، ރާއްޖޭގެ ސަގާފަތާ، އައްޑޫ ސިޓީގެ ރަށްރަށާއި ގުޅުންހުރި މަޢުލޫމާތާއި، އުފެއްދުންތަކާއި މި ދާއިރާތަކުން ހުރި ފުރުޞަތުތައް ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކާ ވަނީ ހިއްސާކޮއްފައެވެ. އަދި މީގެ އިތުރުން، މިފްކޯއިން އުފައްދާ އުފެއްދުންތައް ދައްކާލާ، އެކްސްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާ، މިފްކޯގެ ވިޔަފާރި ބައިނަލްއަޤްވާމީ މާކެޓުތަކަށް ފުޅާކުރުމަށާއި، ވަކީން ޚާއްސަކޮށް ތުރުކީގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތަޢާރަފުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއްކުރެވިފައެވެ.

އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގެ ތެރެއިން ބޭއްވި "އިންޓަނޭޝަނަލް ކޯޕަރޭޝަން އިން ޑިޕްލޮމަސީ، ހެލްތް އެންޑް ޓޫރިޒަމް" ޕެނަލްގައި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ތުރުކީގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކުރާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެގޮތުން އެކްސްޕޯގެ ބައިވެރިންގެ ތެރެއިންނާއި އިސްތަންބުލްގެ އެކިފަރާތްތަކާ ސަފީރު ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

އަހަރަކު އެއްފަހަރު ބާއްވާ ވޯލްޑް ހަލާލް ސަމިޓާއި، ހަލާލް އެކްސްޕޯ އަކީ ތުރުކީގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ކަމާބެހޭ ޖަމިއްޔާއެއް ކަމަށްވާ ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ އިންސްޓިޓިއުޓް ފޯ އިސްލާމިކް ކަންޓްރީސް (އެސް.އެމް.އައި.އައި.ސީ) އާއި ކަމާބެހޭ އެހެން އޯ.އައި.ސީ. ޖަމިއްޔާތަކާ ގުޅިގެން 100 އަށްވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ ވިޔަފާރިތަކާއި، ތަޖުރިބާކާރުންނާއި ހިއްސާދާރުން ބައިވެރިވެގެން ތުރުކީގެ ޑިސްކަވަރ އިވެންޓްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ވެސް ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC