
-
ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުުރުފުޅަކީ މި ނޮވެންބަރު މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސް ގައި ކުރިއަށް ދިޔަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެވުނު ދަތުރުފުޅެކެވެ.
އަދި، މި ދަތުރުފުޅުގެ ތެރެއިން އެކުވެރި ބައެއް ޤައުމުތަމުގެ އިސްވެރިންނާ އެކު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުަގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ މިދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ މި ފޯރަމްގެ ޙަވާސާގެ ތެރެއިގައި ބޭއްވިފައިވާ އެކި ހައި-ލެވަލް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައެވެ.
މީގެއިތުރުން ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ޒިޔާރަތްކުރައްވައި، ދިވެހި ސަރުކާރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާާރުން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭާގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ދަތުރުފުުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ގެ އަރިހުގައި ސެކްެރެޓަރީ މަލްޓިލެޓަރަލް އަލްފާޟިލް އަޙްމަދު ޝިއާން އަދި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާޢިލް ބައިވެރިވެވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ވަޒީރު ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ބައިނަލްއަގުވާމީ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެ އަށް ލިބޭ އެހީއެެއް - ޚަލީލް
-1762788678145.webp&w=3840&q=75)
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި





