logoEN
Sto top
އެންއެމްއައިއާރުއެފްގެ މަސައްކަތަށް ފޮރިން މިނިސްޓަރު ޚަލީލްގެ ތައުރީފް!

އެންއެމްއައިއާރުއެފްގެ މަސައްކަތަށް ފޮރިން މިނިސްޓަރު ޚަލީލްގެ ތައުރީފް!

އަހުމަދު ޝުރާއު

logo

12/1/2025, 9:13:25 AM

# ފޮރިން މިނިސްޓްރީ

-

ޑިސެމްބަރ މަހުގެ 1 އިން 3 އަކަށް ދިވެހިރާއްޖޭގައި ބާއްވާ ކޮމަންވެލްތު އޭޝިއާ ރީޖަނަލް ވޯކްޝޮޕް އޮން ނޭޝަނަލް މެކޭނިޒަމްސް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯއަޕް (އެން.އެމް.އައި.އާރް.އެފް.) އެންޑް ހިއުމަން ރައިޓްސް ރިޕޯޓިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. ޢަބްދުالله ޚަލީލް މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

Wamco

ކޮމަންވެލްތު ސެކްރެޓޭރިއޭޓް އާއި އޮފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރު.) އާއި ދިވެހި ސަރުކާރާ ގުޅިގެން ބާއްވާ ވޯކްޝޮޕްއަކީ މި ސަރަހައްދުގައި އެން.އެމް.އައި.އާރް.އެފް.ގެ ސްޓްރަކްޗާތައް ވަރުގަދަކޮށް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ރޮނގުން މަޢުލޫމާތު ހިއްސާކޮށް، އެއްބާރުލުންދީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުން ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ މަޤްސަދުގައި ބާއްވާ ވޯކްޝޮޕެކެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ ވާހަކަފުޅުގައި މި ވޯކްޝޮޕް ރާއްޖޭގައި އިންތިޒާމް ކޮށްދެއްވި ކަމަށްޓަކައި ކޮމަންވެލްތަށާއި އޯ.އެޗް.ސީ.އެޗް.އާރު އަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކޮމަންވެލްތުގެ އެހެން ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މަންދޫބުންނަށް މަރުޙަބާ ވިދާޅުވެ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ހަމަހަމަކަން ޤާއިމުކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ ވާހަކަފުޅުގައި ވަނީ އިންސާފުވެރި ގާނޫނުތަކާއި، ދެފުށް ފެންނަ އަދި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ފަދަ ބައިނަލްއަގްވާމީ މެކޭނިޒަމްތަކުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ތެރެއިން އެ ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ގައުމުތަކުގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި، ނިންމާލުމުގެ ގޮތުން އިންސާނީ ޙައްޤުތައް ގަވަރނަންސްގެ މައިގަނޑު އަސާސަކަށް ހެދުމަށާއި، އެން.އެމް.އައި.އާރު.އެފްގެ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި، ކޮމަންވެލްތް ސެކްރެޓޭރިއޭޓްގެ ހިއުމަން ރައިޓްސް ޔުނިޓްގެ އެކްޓިންގ ހެޑް ޑޮކްޓަރ ޖަސްޓިން ޕެޓިޓްއާއި، ވަގުތީގޮތުން އ.ދ.ގެ ރެޒިޑަންޓް ކޯޑިނޭޓަރުގެ މަޤާމުގައި ހުންނެވި ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދުނާން ޗީމާ ވާހަކަފުޅު ދެއްކެވިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ބަންގްލަދޭޝް، ބްރޫނާއީ ދަރުއްސަލާމް، އިންޑިއާ، މެލޭޝިއާ، ޕާކިސްތާން އަދި ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC