logoEN
Sto top
17 އަހަރުވީ ނޭޝަނަލް ޖޫނިއާ ޗެންޕިއަންޝިގެ 100 މީޓާރު، މީޓް ރެކޯޑް ރައްޔާން އައުކޮށްފި

17 އަހަރުވީ ނޭޝަނަލް ޖޫނިއާ ޗެންޕިއަންޝިގެ 100 މީޓާރު، މީޓް ރެކޯޑް ރައްޔާން އައުކޮށްފި

ހަސަން ޝަމްއޫން

logo

9/10/2025, 1:25:43 PM

# ދިވެހި ކުޅިވަރު

ރައްޔާން

ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ 16 ނެޝަނަލް ޖޫނިއާ ޗެންޕިއަންޝިޕްގައި ވާދަކޮށް ތިނަދޫ ޒުވާނުންގެ ކުލަބުގެ އަހްނަފު ރައްޔާން ފަހުމީ މިމުބާރާތުގެ 17 އަހަރުވީ 100 މީޓަރުގެ މީޓް ރެކޯޑް އައުކޮށްފިއެވެ.

Wamco

މިމުބާރާތުގެ މީޓް ރެކޯޑް ކުރިން އޮތީ ރާއްޖޭގެ ކުރީގެ 100 މީޓަރު ގައުމީ ރެކޯޑްހޯލްޑަރު އަޒްނީމް އަހުމަދު އަތުގައެވެ. އެއީ 2008 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި ބޭވުނު ދެވަނަ މަކިޓާ ނެޝަނަލް ޖޫނިއާ ޗެންޕިއަންޝިޕްގައި 11.40 ސިކުންތުން ދުވެގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.

މިއަދު ކުރިއަށްދިޔަ 20 އަހަރުން ދަށުގެ 100 މީޓަރު ދުވުން ރައްޔާން އެއްވަނަ ހޯދީ 11.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެއީ 0.19 ސިކުންތުގެ ކުރިއެރުމެކެވެ. މިއިވެންޓުން ދެވަނަ ހޯދީ 11.51 ސިކުންތުން ރޭސް ފުރިހަމަކުރި ޝަރީފް ސްޕޯޓްސް ކުލަބުގެ ސިޒާން އަލީ ރިޒާ އެވެ. އަދި މިއިވެންޓުން ތިންވަނަ ހޯދީ 11.58 ސިކުންތުން ރޭސް ފުރިހަމަކުރި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަތޫފް މުހައްމަދު އާތިފް އެެވެ.

މީގެ އިތުރުން ރައްޔާން ވަނީ މިމުބާރާތުގެ ލޯންގްޖަޕް އިވެންޓުގައި ވާދަކޮށް 5.99 މީޓަރު ދުރައް ފުއްމައިގެން މިއިވެންޓުން ވެސް އެއްވަނަ ހޯދާފައެވެ. އަދި މިއަހަރުގެ ގައުމީ އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުނުން ދެވަނަ ހޯދީ ރައްޔާން އަކީ ތިނަދޫ ސީޓީ ކުރިއަށްދާ ނެޝަނަލް ޕޫލުގައި ތަމްރީން ހަަދަމުން އަންނަ އެތްލީޓެކެވެ.

ގާފު ސްޕޯޓްސް އާއި ވާހަކަދައްކަމުން ރައްޔާންގެ ކޯޗް ހުސެއިން ރައުހަތު ގުދުރަތުﷲ ބުނީ މިމުބާރާތުގައި ރައްޔާން ހޯދި ކުރިއެރުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. ރައްޔާން އަަކީ ވަރަށް އުންމީދީ އެތްލީޓެއް އަދި ޕްރެކްޓިސްއަށް ވަރަށް ފަރުވާތެރި، ވަރަށް ހިތްވަރުކުރާ އެތްލީޓެއްގެ ގޮތުގައި ފާހަގަކުރެވެނީ..

E living
ކޮމެންޓް
E living
ފަހުގެ
HDC