logoEN
Sto top
ޔަޝްމު ޓީމުން ބާކީ ކުރީ ފިޒިކަލް ޓެސްޓުގައި ބައިވެރިވުމަށް އުޒުރުވެރިވުމުން: ޓީމު މެނޭޖަރު

ޔަޝްމު ޓީމުން ބާކީ ކުރީ ފިޒިކަލް ޓެސްޓުގައި ބައިވެރިވުމަށް އުޒުރުވެރިވުމުން: ޓީމު މެނޭޖަރު

ހަސަން ޝާއިން

logo

9/11/2025, 12:11:52 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

މުހައްމަދު ޔަޝްމު

މިއަހަރުގެ ނޮވެންބަރު މަހު ކުރީކޮޅު ސައުދީއަރަބިއާގައި އޮންނަ އިސްމާލިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ހޭންޑްބޯޅަ ޤައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޔަޝްމު ބާކީކުރި ސަބަބު ޤައުމީ ޓީމުގެ މެނޭޖަރު ހާމަކޮށްފިއެވެ.

Wamco

ގައުމީ ހޭންޑްބޯޅަ ޓީމުގެ މެނޭޖަރު ޔޫސުފް އައުޒަމް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުގައި ހިމެނޭ 16 ކުޅުންތެރިންގެ ތެރޭގައި ޔަޝްމު ހިމެނިފައި ނުވަނީ މުބާރާތަށް ޓީމު ލިސްޓް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފިޒިކަލް ޓެސްޓުގައި ޔަޝްމު ބައިވެރިވެފައިނުވާތީއެވެ.

" މެލޭޝިއާގައި ހޭންޑްބޯޅަ ތަމްރީން ހަދަމުން އަންނަ ޔަޝްމު، މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުގެ ރޭ މާލެއައިކަން އެނގުމާއެކު، ހުކުރުދުވަހު އަޅުގަނޑު ގުޅާފަ ޔަޝްމުއަށް އެންގިން ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި އޮންނަ ފިޒިކަލް ޓެސްޓުގައި ބައިވެރިވުމަށް... އަދި ޔަޝްމު ފުރަތަމަ ބުނީ ވެސް އާއެކޭ ނަމަވެސް ހޮނިހިރު ދުވަހު ހަވީރު މެސެޖްކޮއްފައި ބުނީ ދަތުރު ވަރުބަލިކަމާއިހުރެ، ޓެސްޓެއް ނުޖެހޭނެއޭ.. އޭގެ ޖަވާބުގައި އަޅުގަނޑު މެސެޖުކޮށްފައި ބުނިން ޓެސްޓުގައި ބައިވެރި ނުވެވުނަސް ޤައުމީ ޓީމުގެ ކުޅުންތެރިން އަމަލުކުރާ އުސޫލުން ޓެސްޓް އޮންނަ ގަޑައަށް ހާޒިރުވުމަށް.. އެއަށް ޔަޝްމު ރިޕްލައި ކުރީ ނޯޓެޑް ޖަހާފައި.. ނަމަވެސް ޓެސްޓް އޮތްގަޑީގައި ޔަޝްމު އެތަނަށް ހާޒިރެއްނުވޭ " މެނޭޖަރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިތުރަށް ވާހަަދައްކަމުން ޤައުމީ ހޭންޑްބޯޅަ ޓީމުގެ މެނޭޖަރު އިތުރަށް ބުނީ ފަހެއް ނޫނީ ހަގަޑިއިރުގެ ދަތުރަކަށްފަހު މަދުވެގެން 24 ގަޑިއިރު ރެސްޓް ބޭނުންވާނެކަމަށް ގަބޫލްކުރާކަމަށާއި ދެ ދުވަސް ފަހުން އޮތް ޓެސްޓެއްގައި ބައިވެރިވުމަށް އުޒުރެއްގެ ގޮތުގައި ދަތުރު ވަރުބަލުވުން ގަބޫލުކުރަން ދަތިކަމަށެވެ.

ވެދާނެ އަސްލުގަވެސް ދަތުރު ވަރުބަލިވުމުގެ ސަބަބުންކަމަށް ޔަޝްމުއަށް ޓެސްޓުގައި ބައިވެރި ނުވެވުނީ، ނަމަވެސް އެއީ ޓެސްޓު އޮތްތަނަށް ހާޒިރުނުވުމަށް ބަހަނާއެއް ނޫންކަމަށެވެ. ކުޅިވަރުގައި ހުނަރާއި އެއްވަރަށް އަޚްލާގަކީ ވެސް ވަރަށް މުހިންމު އެއްޗެއް، ހާއްސަކޮށް ޤައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ...

ނަމަވެސް މިހާރު ފެންނަމުން ދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ސޯސަޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އެސޯސިއޭޝަން ބަދުނާމުކޮށް ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނަށް އަމާޒުކޮށް ދޮގު ވާހަކަތަކެއް ފަތުރަމުންދާތަން ފާހަގަކޮށް މެނޭޖނަރު ވަނީ ޤައުމީ ޓީމުގެ މެނޭޖަރުގެ ހައިސިއްޔަތުން އެކަން ވަރަށް ބޮޑަށް ކުއްވެރިކުރައްވާފައި އެވެ.

ޤައުމީ ޓީމުގެ ކޯޗު އަޒްހަމް ބުނީ ހަގީގަތުގައި ޔަޝްމު ގައުމީ ޓީމުން ބާކީކުރީއެއްނުން ކަމަށާއި، މިމުބާރާތައް އެކުލަވާލި ސްކޮޑުން ފުރުަސަތު ގެއްލުނީ ޔަޝްމުގެ އަމިއްލަ ސަބަބަކާއިހުރެ ޓީމު ލިސްޓް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފިޒިކަލް ޓެސްޓުގައި ބައިވެރި ނުވުމުންކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC