logoEN
Sto top
ފޮރެސްޓް ބަލިކޮށް އާސެނަލް ވަގުތީ ގޮތުން އެއްވަނައަށް

ފޮރެސްޓް ބަލިކޮށް އާސެނަލް ވަގުތީ ގޮތުން އެއްވަނައަށް

ހަސަން ޝަމްއޫން

logo

9/13/2025, 2:54:15 PM

# އާސެނަލް# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ނޮޓިންހަމް ފޮރެސްޓް

އާސެނަލްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި އާސެނަލް އިން ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެފައިވާއިރު، ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓްހަމް އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގުގެ ކުޅުން މިއަދު ފެށިއިރު، މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ މެޗު ޑޮމިނޭޓްކުރީ އާސެނަލް އިންނެވެ. އަދި މިހާފުގައި އާސެނަލް އިން ފޮރަސްޓްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އެވެ.

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ވިކްޓަރ ޔޮކަރޭޒް އެވެ. މިއީ އެޓީމާއި އަލަށް ގުޅުނު އިނގިރޭސި މިޑްފިލްޑަރު އެބެރެޗީ އެޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޒުބިމެންޑީ ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ބެލްޖިއަމްގެ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން އާސެނަލްއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓް ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ

E living
ކޮމެންޓް
E living
ފަހުގެ
HDC