
-
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުކަމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢާއިޝަތު މުޒްނާ ޢައްޔަނުކޮށްފި އެވެ.

ޕީސީބީން މިއަދު ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ތ. ތިމަރަފުށި، ބޮޑުގެ، މުޙައްމަދު ޢާމިރު ވަކިކޮށް، އެ މަޤާމަށް މއ. ޑޯންޝައިން، ޢާއިޝަތު މުޒްނާ އައްޔަނުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް މި ނިންމުން ނިންމި ސަބަބެއް ޕީސީބީންވެސް ސްޓެލްކޯއިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ބޯޑު ޑިރެކްޓަރަކަށް މުޒުނާ އައްޔަނުކުރުމާއިއެކު ސްޓެލްކޯއިން ވަނީ ކުންފުނީގެ ބޯޑުގެ މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ދަންނަވާފައި އެވެ.
މުޒުނާ އައްޔަނުކުރުމާއިއެކު ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައ މިހާރު ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފް، މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝަމާހް ރަޝީދު، ޑީއެމްޑީ އަލީ އަޒްވަރު، ޑީއެމްޑީ އައިޝަތް މުޒްނާ، އަހްމަދު ހާޝިމް، މަރިޔަމް ސާޖިދާ އަދި އަހްމަދު އަސްލަމް އެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި ޑީއެމްޑީ މުޒްނާ ސްޓެލްކޯއާ ގުޅިވަޑައިގެންފައިވަނީ 2000 ވަނަ އަހަރު އެވެ. ޑީއެމްޑީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 28 ނޮވެމްބަރު 2023 ގަ އެވެ.
ގުޅުންހުރި

ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއް!

ވ އަތޮޅުގައި ސްޓެލްކޯގެ ހިދުމަތްދެމުންދާ ރަށްތަކަށް އައު އެމްޑީ ޒިޔާރާތްކުރައްވައިފި

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުކަމަށް މުޒްނާ ޢައްޔަނުކޮށްފި
