logoEN
Sto top
ހާލަންޑްގެ ފަސް ލަނޑާއެކު މޯލްޑޯވާ އަތުން ނޯވޭއަށް ތަފާތުބޮޑު މޮޅެއް

ހާލަންޑްގެ ފަސް ލަނޑާއެކު މޯލްޑޯވާ އަތުން ނޯވޭއަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

9/9/2025, 11:04:54 PM

# ނޯވޭ# ބޭރު ދުނިޔޭގެ ކުޅިވަރު# މޯލްޑޯވާ

ހާލަންޑް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް އައިގައި މިރޭ އަމިއްލަ ދަނޑުގައި ނޯވޭ އިން މޯލްޑޯވާއި ދެކޮޅަށް ކުޅުނު މެޗު، ފަސޭހަކަމާއެކު 11-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ނޯވޭ އިން ގުރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

Wamco

ކޮލިފައިންގައި ނޯވޭ އެންމެ ފަހުން ކުޅުނު މެޗުގައި ފިންލޭންޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މޯލްޑޯވާ އެންމެ ފަހުން ކުޅުނު މެޗުގައި އިޒްރޭލް އަތުން އެޓީމު ބަލިވީ 4-0 ގެ ނަތީޖާއަކުންންނެވެ. އަދި މިދެޓީމު އެެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ނޯވޭ އިންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ނޯވޭ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނޯވޭ އިން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި މޯލްޑޯވާ އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ނޯވޭގެ ފޯވާޑް އެރްލިންގ ހާލަންޑް ފަސް ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ޒުވާން މިޑްފީލްޑަރު ތެލޯ އާސްގާޑް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ނޯވޭގެ މިޑްފީލްޑަރު ފެލިކްސް މައިރޭ އަދި ކެޕްޓަން މާޓިން އޮޑެގާޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި މޯލްޑޯވާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ނޯވޭގެ ޑިފެންޑަރު ލިއޯ އޮސްޓިގާޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ނޯވޭ ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި މޯލްޑޯވާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC