logoEN
Sto top
ރާއްޖެއާއި އިންޑިއާއި ދެމެދު އޭވިއޭޝަން ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއި ދެމެދު އޭވިއޭޝަން ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

9/9/2025, 12:39:19 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

-

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން، އިންޑިޔާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް އެއަރވާދިނަސް މިސްޓަރ މަނޯޖް ކުމާރ ޕައިޑިސެޓީ އަދި އިންޑިޔާގެ ހައި ކޮމިޝަންގެ ކައުންސެލަރ މިސް ކިރަން ކަތްރީއާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޭވިއޭޝަން ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ސީޕްލޭން އޮޕަރޭޝަންތަކުގެ އެންމެ ރަނގަޅު އަދި ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން ކަމަށެވެ.

ދެ ފަރާތުންވެސް އޭވިއޭޝަން ސަލާމަތާއި އޮޕަރޭޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޢުލޫމާތު ޙިއްޞާކުރުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވުނެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުލް ޙާރިޘް އަދި ސީއީއޯ އަލްފާޟިލް ޙުސައިން ޖަލީލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީން ވަނީ މި ބައްދަލުވުމަކީ ދެ ޤައުމުގެ އޭވިއޭޝަން ދާއިރާގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ ފަދަ ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC