logoEN
Sto top
 ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

އަހުމަދު ޝުރާއު

logo

9/7/2025, 2:17:37 PM

# އެމްޑީޕީ

-

ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތުގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން މިއަދު ނިންމައިފި އެވެ.

Wamco

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާކަމަށް ބަޔާންކޮށް، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ޕާޓީއާ ބައްދަލުކުރުމަށް އެދިފައިވާތީ، މިއަދު އެ ކުންފުންޏަށް ޕާޓީގެ ފަރާތުން ޖަވާބު ދީފައިވާނެ ކަމަށެވެ. ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެ ޕާޓީން ދެކޭކަމަށާއި އެހެން ނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

އެގޮތުން ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގޭކަށް ނެތްކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއަރޕޯޓް އެޅުމާއި، ޢުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށާއި އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ރައީސް އިއުލާނުކުރަމުންގެންދަވާ ކަމަށެވެ.

މިހެންކަމުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް ނުބެލެވޭ ކަމަށާއި އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުބެލެވޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައި އެވެ.

ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތައް ޢަމަލުނުކުރުމާއި، ގުޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމުވެފައިވާކަމަށްބުނެ އެމްޑީޕީގެ ބަޔާނުގައި ބުނީ ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ސަރުކާރުން ބަދަލުކުރަމުންދާކަމަށެވެ.

" ކަން މިހެން އޮތް އިރު، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މިސަބަބުތައް އެ ގޮތަށް ހުރުމުން، މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް ޕާޓީން ނުދެކޭ ކަމަށް ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC