logoEN
Sto top
ފަހުމީގެ ފަހުބަސް: ސްޓެލްކޯއަށް ހިދުމަތް ކުރުމަށް ރައީސް ދެއްވި ފުރުސަތަށް ޝުކުރިއްޔާ، އެދެނީ ކުންފުންޏަށް ކާމިޔާބީއަށް!

ފަހުމީގެ ފަހުބަސް: ސްޓެލްކޯއަށް ހިދުމަތް ކުރުމަށް ރައީސް ދެއްވި ފުރުސަތަށް ޝުކުރިއްޔާ، އެދެނީ ކުންފުންޏަށް ކާމިޔާބީއަށް!

އަހުމަދު ޝުރާއު

logo

9/7/2025, 2:04:48 PM

# ސްޓެލްކޯ

-

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު ހިންގެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް އެކުންފުނީގެ އެމްޑީގެ މަގާމުން މިއަދު ވަކިކުރި ހުސެއިން ފަހުމީ ޝުކުރު އަދާކުރައްވައިފި އެވެ.

Wamco

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކުރިކަން ޕީސީބީން ހާމަކުރީ މިއަދު ހަވީރު އެވެ. އަދި އެމަގާމަށް އަޙްމަދު ޝަމާޙް ރަޝީދު މިހާރު ވަނީ އައްޔަނުކުރައްވާފައި އެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރިތާ އިރުކޮޅެއް ފަހުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ 27 އަހަރު ދުވަހު ހިދުމަތްކުރި ސްޓެލްކޯ ހިންގެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައި އެވެ.ހަމައެއާއެކު، ފަހުމީ ވަނީ ސްޓެލްކޯ ކާމިޔާބީއަށް މަގުފަހިކޮށްދެއްވި އިސްވެރިންނާއި މުވައްޒަފުންގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.

"އަޅުގަނޑު ވަރަށް ފަޚުރުވެރިވަން، އަޅުގަނޑުމެން އެންމެން ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކާމެދު" ފަހުމީގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ފަހުމީ ވަނީ ކުރިއަށް އޮތްތާނގައިވެސް ސްޓެލްކޯއަށް ކުރިއެރުމާއި، ކާމިޔާބީއާއި، ކުރިއެރުމަށް އެދޭކަންވެސް ފާހަގަކުރައްވާފައި އެވެ.

ފަހުމީ ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި، ހުސެއިން ފަހުމީ އައްޔަނުކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު ޓްރޭނިން އޮފިސަރަކަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC