logoEN
Sto top
ސްޓެލްކޯގެ އައު އެމްޑީއަކަށް ސަމާހް!

ސްޓެލްކޯގެ އައު އެމްޑީއަކަށް ސަމާހް!

އަހުމަދު ޝުރާއު

logo

9/7/2025, 1:03:40 PM

# ސްޓެލްކޯ

-

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

Wamco

ޕީސީބީން ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މ. ސިސްކިން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާ ކަމަށެވެ.

ޝަމާޙް އެމަގާމަށް އައްޔަނުކުރީ އެމަގާމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހުންނެވި ހުސެއިން ފަހުމީ ކުއްލި ގޮތަކަށް ވަކުކުރުމަށްފަހުގައި އެވެ.

ޝަމާހް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގައުމީ މަސް ކުންފުނި މިފްކޯގެ އެމްޑީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރެވުނު ބޭފުޅާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭމަހު އެމަގާމުން ޝަމާހް ވަކިކޮށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޝަމާހް އައްޔަނުކުރެވުނެވެ.

View post on Twitter

E living
ކޮމެންޓް
E living
ފަހުގެ
HDC