logoEN
Sto top
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށްފި

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށްފި

އަހުމަދު ޝުރާއު

logo

9/7/2025, 12:59:08 PM

# ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީގެ މަގާމުން ހުސެއިން ފަހުމީ ވަކިކޮށްފި އެވެ.

Wamco

މިކަން ރަސްމީކޮށް ހާމަކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަައިޒޭޝަން ބޯޑުން ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ. އެގޮތުން ޕީސީބީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެމަގާމަށް މ. ސިސްކިން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި، ހުސެއިން ފަހުމީ އައްޔަނުކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

View post on Twitter

ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު ޓްރޭނިން އޮފިސަރަކަށެވެ. ފަހުމީ މަތީ ތައުލީމު ހާސިލުކުރެއްވީ ސްކޮޓްލެންޑުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC