logoEN
Sto top
އައްޑޫއިން ރޭ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނުގެ ކޭބަނަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ވެގެން  - ފެނަކަ

އައްޑޫއިން ރޭ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނުގެ ކޭބަނަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ވެގެން - ފެނަކަ

އަހުމަދު ޝުރާއު

logo

9/6/2025, 11:38:55 AM

# ފެނަކަ ކޯޕަރޭޝަން

-

އައްޑޫ ސިޓީއިން ރޭ މެންދަމުގެ ވަގުތުގައި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

Wamco

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ މެންދަމު ގާތްގަނޑަކަށް 02:40 ހާއިރު އެކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނުކަން ސަމާލުކަމަށް އައުމުން ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކޮށް މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.

އެގޮތުން މައްސަލަ ދިމާވި ސަބަބު ދެނަގަތުމަށްޓަކައި ބެލިބެލުމުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ އައްޑޫ 41 ނަންބަރު ސަ ބްސްޓޭޝަންގެ ކޭބަމަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންކަން ދެނެގަނެވިފައިވާކަމަށް ފެނަކައިން ބުނެއެވެ.

އަދި ރޭ ދިމާވި މި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީ ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ރޭ ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައި އެވެ.

ފެނަކައިން އިތުރަށް ބުނީ މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުވައްސަސާތަކާއި ގުޅިގެން ކުންފުނީން ކުރަމުންގެންދާނެ ކަމަށާއި މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަަށް ގެއްލުން ލިބުމާއި އާއްމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އެފަދަ އަމަލުތަކުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނައަށް ނުރައްކާވެދާނެ ކަންކަން ކަމުން މި ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބަޔާން ނިންމާލަމުން ފެނަކައިން ވަނީ އައްޑޫ ސިޓީގައި އެކުންފުނީން ދެމުން ގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާކަމުގެ ޔަގީންކަންވެސް ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC