
-
ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަންކޮށްފި އެވެ.

ޖިހާދު އެ މަގާމަށް އައްޔަނުކުރީ މިއަދު އެވެ. މަގާމަށް އައްޔަނުކުރުމާއި ގުޅިގެން ފެނަކައިން މިއަދު ވަނީ އޭނާއަށް މަރުހަބާ ކިޔައި އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
ސީއެފްއޯގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ޖިހާދު ހުންނެވީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) ގެ މަގާމުގަ އެވެ.
ޖިހާދު އެމަގާމަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ މިހާރު ނޫހުން ވަހީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސީއެފްއޯ ކަމުން އިސްތިއުފާ ދެއްވީ ސީއެފްއޯގެ މަގާމުން ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދެއްވުމަށް ކަމަށެވެ.
ގުޅުންހުރި

ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ފެން ނެްޓްވޯކުގައި ލޮނުގެ އަސަރު ހުރެގެން، މައްސަލަ ހައްލުކޮށް ދަންވަރަށް ހިދުމަތް އަލުން ދޭން ފެށޭނެ - ފެނަކަ

ހިންނަވަރު ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި





