
އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
# ފެނަކަ ކޯޕަރޭޝަން-
ޅ އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން މިއަދުގެ ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަރިހުގައި އެދާއިރާގެ މަޖިިލިސް މެމްބަރާއި ކައުންސިލްގެ ރައީސް ބަައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއިއެވެ. އެގޮތުން މި މަޝްރޫއު އެކުންފުންޏާއި ހަވާލުކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އެވެ.
އެރަށުގައި އިމާރާތް ކުރެވޭ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި 3 ކުލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ހިމެނޭނެއެވެ. މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ގުޅުންހުރި

ކިނބިދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް: 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި

ނާވައިދޫގެ ކަރަންޓުގެ ޚިދުމަތް ވަރުގަދަކުރުމަށް 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި

މ. އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިން ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފި




