
-
ހިންނަވަރުގައި ތަރައްޤީކުރި ފެނަކަ ކޯޕަރޭޝަން އޮފީހުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިންނަވަރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެ ރަސްމިއްޔާތުގައި މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި އެދާއިރާގެ މަޖިލިސް މެމްބަރުގެ އިތުރުން ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފެނަކައިން މައުލޫމާތު ދޭގޮތުގައި އަލަށް ހުޅުވިގެންދިޔަ ފެނަކަ އައު އޮފީސް ޢިމާރާތަކީ، މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތުގެ އިދާރީ އެންމެހާ މަސައްކަތެއް މި އޮފީހުން ކުރެވޭނެކަން އެކުންފުނީން ހާމަކުރެއެވެ.
ދެ ފަންގިފިލާގެ މި އޮފީސް އިމާރާތަކީ އިންޓަލޮކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 22 ސެޕްޓެމްބަރު 2023 ގައި ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުނީ މިއަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ފެނަކަ ކޯޕަރޭޝަންގެ އައު އެމްޑީއަކަށް އަފީފް!

ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ - ފެނަކަ

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި




