logoEN
Sto top
ލީގުގައި މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެ

ލީގުގައި މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

8/31/2025, 11:08:10 PM

# ބްރައިޓަން # މެންޗެސްޓާރ ސިޓީ# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ސިޓީ އާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން....

އިނގިރޭސި ޕްރެމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަން އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ އިން ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަަރައި 2-1 ގެ ނަތީޖާއަކުން ބްރައިޓަން އިން ކާމިޔާބުކޮށްފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ބަލިވެފައިވާއިރު، ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އަތުން އެޓީމު ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ މެންޗެސްޓާ ސިޓީ މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިލަނޑުއެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ހާލަންޑް އެވެ. އަދި މީގެއިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ބްރައިޓަންގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރައިޓަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާއެވެ.

މިމެޗުން ބްރައިޓަން މޮޅުވި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ބްރަޖަން ގްރޫޑާއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ބްރައިޓަންއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ސިޓީ އިން ނުކުންނައިރު، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ބްރައިޓަން އިން ނުކުންނާނީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ބޯންމައުތާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC