
-
ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ސްޓެލްކޯއިން ކުންފުނީގެ ފެންވަރުގައި ފާހަގަކޮށްފި އެވެ.

ސްޓެލްކޯއިން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
މިގޮތުން ކުންފުނީގެ ފެންވަރުގައި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކޮށް، އެ ކުންފުނީގައި ޚިދުމަތްކުރަމުންދާ އިންޖިނޭރުންގެ އަގުވަޒަންކުރުމަށް މިއަދު އެކުންފުނީންގެ އިންޖިނިއަރުންނަށް މައި އޮފީހުން މަރުހަބާ ކިޔާފައިވަނީ ރަތް ދޫލާގައި އެވެ.
އަދި އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމުގެ ޚާއްސަ ހަފްލާއެއް ކުރިޔަށް ގެންދިޔަ އިރު ދުވަހުގެ މުނާސަބަތުގައި ޚާއްސަ ކޭކެއް ވެސް ވަނީ ފަޅާފައި އެވެ.
އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
ގުޅުންހުރި

ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް!

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވައިގެން ކުރިޔަށްގެންދިޔަ މެއިންޓެނެންސް ނިންމާލީ ލަފާކުރި ވަގުތައްވުރެ މާކުރީން: އެމްޑީގެ ތައުރީފު މުވައްޒަފުންނަށް!

ސްޓެލްކޯގެ ބޮޑު މަސައްކަތެއް މާދަމާ: ހެނދުނު ކަރަންޓު ކެނޑިދާނެ، އެކަމަކު ކަރަންޓު ކެނޑުމުގެ ކުރީން އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ!
