logoEN
Sto top
ސްޓެލްކޯ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ސްޓެލްކޯ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

8/19/2025, 6:32:37 PM

# ސްޓެލްކޯ

-

ސްޓެލްކޯ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

Wamco

އެކުންފުނީން މިއަދު ބުނީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް މިއަދު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ބްލަޑް ސާރވިސަސްއާ ގުޅިގެން ކަމަށް އެކުންފުނީން ބުނެއެވެ.

މި ހަރަކާތުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އިސްވެރިން ވަނީ ބައިވެރިވެފައި އެވެ.

ސްޓެލްކޯއިން އަބަދުވެސް ގެންދަނީ ކުންފުނީގެ މުވައްޒަފުންނާއި ގުޅިގެން މުޖުތަމައުތައް ފައިދާކުރާނެ އެކި ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިފަދަ ޕްރޮގްރާމުތަކަށް މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަން އެކުންފުނީން ފާހަގަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC