
ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވައިގެން ކުރިޔަށްގެންދިޔަ މެއިންޓެނެންސް ނިންމާލީ ލަފާކުރި ވަގުތައްވުރެ މާކުރީން: އެމްޑީގެ ތައުރީފު މުވައްޒަފުންނަށް!
# ސްޓެލްކޯ-
މާލޭގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ ބޮޑު މެއިންޓެނެންސް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރި ވަގުތައްވުރެ މާކުރީން ނިމި ކަސްޓަރުންނަށް ކަރަންޓުގެ ހިދުމަތްދޭން ފަށާފައިވެއެވެ.

މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި މަސައްކަތާއި ގުޅިގެން ސްޓެލްކޯއިން ބުނީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 އަށެވެ.
މި މަސައްކަތާއި ގުޅިގެން އެކުންފުނީގެ އެމްޑީ ފަހުމީ ވިދާޅުވީ ލަފާކުރި ވަގުތަށްވުރެމި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން ކަމަށެވެ.
މީގެ އިތުރުން މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން. މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން އެކުންފުންޏަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހާ ކަސްޓަމަރުންނަށްވެސް ފަހުމީ ޝުކުރު ދެންނެވި އެވެ.
ގުޅުންހުރި

ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް!

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވައިގެން ކުރިޔަށްގެންދިޔަ މެއިންޓެނެންސް ނިންމާލީ ލަފާކުރި ވަގުތައްވުރެ މާކުރީން: އެމްޑީގެ ތައުރީފު މުވައްޒަފުންނަށް!

ސްޓެލްކޯގެ ބޮޑު މަސައްކަތެއް މާދަމާ: ހެނދުނު ކަރަންޓު ކެނޑިދާނެ، އެކަމަކު ކަރަންޓު ކެނޑުމުގެ ކުރީން އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ!
