
އިސްރަށްވެހިންގެ ނާދީތަކުގައި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމަށް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

4 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭއިރު، ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ ގުޅިގެން ޚިދުމަތް ފޯރުކޮށްދޭނެ ގޮތާއި، ރާވައިގެން އިސްރަށްވެހިންގެ ނާދީތަކުގައި ޚާއްޞަ ހަރަކާތްތައް ހިންގާނެ ގޮތާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމުގައި ވަނީ ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ނާދީގައި ހިންގާ ހަރަކާތްތަކާ ގުޅޭ ރިޕޯޓުތައް އެކުލަވާލާނެގޮތްތަކުގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލާފައެވެ.
މި ޕްރޮގްރާމަކީ މި ވުޒާރާއިން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. ނާދީތައް ބިނާކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 4 އަތޮޅަކުން ވަނީ ބައިވެރިވެފައެވެ.








