logoEN
Sto top
ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް!

ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް!

އަހުމަދު ޝުރާއު

logo

11/12/2025, 1:44:45 PM

# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

-

ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "ޝާމިލް 2025" ގެ ނަމުގައި ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

Wamco

މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން، "ޝާމިލް 2025" ތެރެއިން އިފްތިތާޙްކުރެވިގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ 'ޝާމިލް ލޯގޯ' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ދެމެހެއްޓިނިވި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވޭ ޚާއްޞަ ބްރޭންޑެކެވެ. މި ލޯގޯ ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށެވެ. މި މަސައްކަތަކީ މި ވުޒާރާ އަދި ބިޒްނަސް ކޯޕަރޭޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވޭ މުހިންމު އިސްނެގުމެކެވެ.

"ޝާމިލް 2025" ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

މި ގަޑިތަކުގައި ކޮންމެ ބޭފުޅަކަށް ވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC