
ޝާމިލު ލޯގޯ ތަންފީޒުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކޮށް ހިނގުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަޤަޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހޮކޮށްދިނުމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ ޝާމިލް ލޯގޯ ބޭނުންކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މަސައްކަތްތެރިކަމާއި، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
މިގޮތުން ކުރެހުމާއި، އަތްތެރި މަސައްކަތް، ކާބޯތަކެތި އަދި އެހެނިހެން ގިންތީގެ އަމިއްލަ އުފެއްދުންތަކުގައި މިލޯގޯ ބޭނުންކުރުމާއި، މާކެޓަށް މިތަކެތި ވިއްކުމަށް ހުޅުވާލުމަކީ މި ލޯގޯ ތަންފީޒު ކުރުމުގެ މައިގަނޑު އަމާޒެކެވެ.
މި ލޯގޯ ތަންފީޒުކުރާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރެޝަން ލިމިޓެޑްއެވެ.
ގުޅުންހުރި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ފަށައިފި

ނާދީތަކަކީ އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ މަރުކަޒުތަކެއް: ޒުހުރުބާން





