logoEN
WAMCO TOP 1
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ހޯދަން ތާޖް އާއިއެކު އެއްބަސްވުމެއް!

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ހޯދަން ތާޖް އާއިއެކު އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

12/22/2025, 4:28:25 PM

# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

-

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ފަހިކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާއާ ދެމެދު މުހުންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

މި ފަހުމުނާމާގައި ސޮއިކުރީ މިއަދުއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި ފަހުމުނާމާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

މި ފަހުމުނާމާއަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އަދި މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC