
ދަ ނޮޓިލަސް ފައުންޑޭޝަންގެ ސީއެސްއާރުގެ ދަށުން ދ. އެފްސީއެސްސީއަށް ފުޓްސެލް ދަނޑަކާއި ލައިބްރަރީ ސްޕޭސްއެއް!
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރީ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ދަ ނޮޓިލަސްގެ ފައުންޑޭޝަނުން ދ. ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް އެހީވެއްޖެ އެވެ.

ދަ ނޮޓިލަސް ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ހެވާ ލާބަޔަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ދ. ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގައި ފުޓްސެލް ދަނޑާއި ލައިބްރަރީ ސްޕޭސްއެއް ވަނީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވާފައި އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ދަ ނޮޓިލަސް ފައުންޑޭޝަންގެ އެހީތެރިކަމާއެކު ދ. އެފް.ސީ.އެސް.ސީގައި ހުޅުވި ފުޓްސެލް ދަނޑާއި، ލައިބްރަރީ ސްޕޭސްއާއެކު، ދައުލަތުގެ ބެލުމުގެ ދަށުން އެތަނުގައި ބަލަހައްޓަމުން އަންނަ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިތުރަށް ރަނގަޅުކޮށް، އުނގެނުމަށް ވެށި ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
އަދި މިފަދަ ތަނެއް ދ. އެފް.ސީ.އެސް.ސީގައި ތަރައްޤީކޮށްދިނުމަށް ދަ ނޮޓިލަސް ފައުންޑޭޝަނުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް އެ ފަރާތަށް ވަރަށް ޚާއްސަ ޝުކުރެއް އެވުޒާރާއިން ވަނީ ދަންނަވާފައި އެވެ.
ގުޅުންހުރި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ފަށައިފި

ނާދީތަކަކީ އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ މަރުކަޒުތަކެއް: ޒުހުރުބާން





