logoEN
WAMCO TOP 1
މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއަށް!

މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއަށް!

އަހުމަދު ޝުރާއު

logo

8/26/2025, 7:56:20 AM

# ހދ މަކުނުދޫ

-

ހދ މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

THE TRAVELLER AD

މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން މަކުނުދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ރައީސް ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ އިތުރު ބައެއް ރަށްތަކުގެ މަގުތައް ވެސް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ވަނި އާރްޑީސީއާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް
ފަހުގެ
HDC