logoEN
WAMCO TOP 1
މަކުނުދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މަކުނުދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

8/26/2025, 7:54:08 AM

# ހދ މަކުނުދޫ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މަކުނުދޫ ކާނި މާލަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މަކުނުދޫ އެއާރޕޯޓުގެ މަސައްކަތާއި އެރަށުގައި މިއަދު ބިންގާ އެޅުނު މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ކައުންސިލުން ވަނީ އިންޖީނުގޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަކުނުދޫގައި މިހާރު ހަދަމުންދާ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަކުނުދޫ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެ ކައުންސިލަށް އައު އިމާރާތެއް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ސޯޝަލް ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC