
ފީއަލީގައި 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމް ފ. ފީއަލީގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން، މި ޒިޔާރަތްތަކުގެ ތެރެއިން އެ ރަށުގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.
މި ޕްރޮގްރާމު ފީއަލީގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ހޯދަން ތާޖް އާއިއެކު އެއްބަސްވުމެއް!

ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް!

ޝާމިލު ލޯގޯ ތަންފީޒުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި





