
-
ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށް ބަންދުކޮށްފައިހުރި ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޖަލު ހޮސްޕިޓަލުގައި ފަރުވާ ދެއްވުމަށްފަހު ކޮލަމްބޯ ނެޝަނަލް ހޮސްޕިޓަލަށް މިއަދު ކުރީގެ ރައީސް ރަނިލް ވަނީ ބަދަލުކޮށްފައި އެވެ. އަދި މިހާރު ރަނިލްއަށް ފަރުވާދެމުން ދަނީ އެހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެންނެވެ.
ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ ރުކްޝަން ބެލާނާ ވިދާޅުވީ ރަނިލްގެ ސިއްހީ ހާލަތު ހުރި ގޮތުން އެމަޖެންސީ ޓްރީޓްމަންޓް ޔުނިޓުން އައިސީޔޫއަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދިނީ ކަމަށެވެ.
ރަނިލް ހައްޔަރުކޮށްފައިވަނީ އޭނާ ރައީސްކަމުގައި ހުންނެވިއިރު 2023 ވަނަ އަހަރު އޭނާ އާއިލީ މީހެއްގެ ގްރެޖުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ދައުލަތުގެ ހަރަދުގައި އިނގިރޭސިވިލާތަށް ދަތުރު ކުރެއްވުމާއި ގުޅިގެންނެވެ. ލަންކާގެ މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަނިލްގެ އެދަތުރުފުޅަކީ އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި މައްސަލައާއި ގުޅިގެން އިއްޔެ މެންދުރު ރަނިލް ހައްޔަރުކުރި އިރު ރޭ ވަނީ ރަނިލްގެ ބަންދާއިމެދު ކޯޓުން ގޮތެއް ނިންމާފައި އެވެ. ލަންކާގެ ކޯޓުން އިއްޔެ އެގައުމުގެ ފުލުުހުންގެ މައްޗަށް އަމުރުކުރީ އަންނަ އަންގާރަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބަންދުކުރުމަށެވެ. ރަނިލް ކޯޓުން ނެރެގެން ގެންގޮސްފައިވަނީ ބިޑި އަޅުވައިގެންނެވެ. އަދި އޭނާގެ ޑޮކްޓަރުންގެ ލަފާއާއިއެކު ރޭ ޖަލަށް ގެންދިޔަ ވަގުތުން ފެށިގެން ރަނިލްއަށް ފަރުވާ ދެމުންދިޔައީ ޖަލު ހޮސްޕިޓަލުގައި އެވެ.
ގުޅުންހުރި

އެމެރިކާގެ އިސް އޮފިޝަލަކު ލަންކާއަށް ވަޑައިގެންފި

ސިލޯނާއިއެކު ދިވެހީން ތެލެތޯން: ލަންކާއަށް ފައިސާ ފޮނުވުމަށް ހާރިޖީ ވުޒާރާއާއި ހަވާލުކޮށްފި

ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 400 އާއި ގާތަށް!





