logoEN
Sto top
އުކުޅަހުގެ ލޭންޑު ޔޫސް ޕްލޭން އިޞްލާހުކޮށް 250 ގޯތިދީ 50 ހައުސިންގ ޔުނިޓު އަޅަނީ

އުކުޅަހުގެ ލޭންޑު ޔޫސް ޕްލޭން އިޞްލާހުކޮށް 250 ގޯތިދީ 50 ހައުސިންގ ޔުނިޓު އަޅަނީ

އަހުމަދު ޝުރާއު

logo

8/20/2025, 6:06:05 PM

# އއ އުކުޅަސް

-

އުކުޅަހުގެ ލޭންޑު ޔޫސް ޕްލޭން އިޞްލާހުކޮށް 250 ގޯތިދީ، 50 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެވެ.

Wamco

ރައީސް މިކަން އިއުލާނުކުރެއްވީ މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ބިންހިއްކުން މިހާރު ނިމުމަކާއި ހަމައަށްގޮސްފައި ވީނަމަވެސް މިހާރު ކައުންސިލުން، ސަރުކާރަށް ފޮނުވާފައިވާ ލޭންޑް ޔޫސް ޕްލޭން އޮތްގޮތުން ބިމުގެ އެންމެ ބޮޑު ޖާގައެއް އޮތީ ގޯތި ދިނުމަށް ނޫންކަމަށެވެ. ނަމަވެސް އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ލޭންޑު ޔޫސް ޕްލޭން ފާސްކުރާނީ ގޯތި ދޭގޮތަށް ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް 250 ގޯތި ދެވޭގޮތަށް އިސްލާހުކުރުމަށްފަހުގައި ކަމަށެވެ. އަދި އެ 250 ގޯތި ދިނުމުގެ ހުއްދަ އަންނަ ހަފްތާގައި ދެއްވާނެކަން ރައީސް ހާމަކުރެއްވި އެވެ.

މީގެ އިތުރުން އުކުޅަހުގައި 50 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަަމަށާއި، އެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.މި

އާއެކު ގޯތި ގެދޮރުގެ މައްސަލައަށް ޙައްލުތަކެއް އަންނާނެކަމަށާއި އިތުރު ހައުސިން ޔުނިޓްތައްވެސް ސަރުކާރުން ކުރިއަށް އޮތްތަނުގައި އަޅައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތަފްސީލް އާއި މިހާރު ކުރިޔަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަވެސް ރައްޔިތުންނާއި ހިއްސާކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC