
އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓް، ރައީސުލްޖުމުހޫރިއްޔާ ހުޅުވައިދެއްވައިފި
# އއ އުކުޅަސް# ޓްރާންސްޕޯޓް މިނިސްޓްރީއުކުޅަސް ވޮލީ ކޯޓު ހުޅުވުން
އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް މިއަދު ހުޅުވައިފިއެވެ.

އުކުޅަހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ވޮލީ ކޯޓު ހުޅުވުމުގެ މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް މިއަދު ވަނީ ކުޅެފައެވެ.އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ނިންމާލާފައިވަނީ މަހެއްހާ ދުވަހުގެ ތެރޭގައެވެ.
އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ގުޅުންހުރި

އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓް، ރައީސުލްޖުމުހޫރިއްޔާ ހުޅުވައިދެއްވައިފި

އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކޮށްދިނުމަށް އުކުޅަހުން ރައީސް އަށް ދަންނަވައިފި

ރައީސް އުކުޅަހަށް؛ އެ ރަށު ބަނދަރުމަތިން ހޫނު މަރުހަބާއެއް!




