
-
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިން ޒުވާނުންނަށް މުސްތަޤްބަލުގެ ކެރިއަރުގެ މަގުތައް ދިރާސާކޮށް، މަސައްކަތުގެ މާހައުލާ ބެހޭ ގޮތުން އަމަލީ ތަޖުރިބާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިޕްރޮގުރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް އެމްޕީއެލްގައެވެ.
މި ފީލްޑް ވިޒިޓްގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނަށް ތަފާތު ކެރިއަރުގެ ދާއިރާތަކާއި މަސައްކަތް ކުރާ ތަންތަން ބައްލަވައިލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަމަލީ ގޮތުން މަސައްކަތް ހިނގާގޮތް ދެނެގަނެ، އެ ދާއިރާތަކުގެ މަސައްކަތުގެ މާހައުލު ބެލުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެއެވެ.
މި ފީލްޑް ވިޒިޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކިޔު.އާރު. ކޯޑެއް ސްކޭންކޮށްގެން ނުވަތަ 4000431 ނަންބަރަށް ގުޅުމުންވެސް ބައިވެރިވެވޭނެއެވެ.
ގުޅުންހުރި

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި އެމްޕީއެލްގެ މުވައްޒަފަކު ފިޓްޖެހިގެން ނިޔާވެއްޖެ: ނިޔާވީ ދެއްވަދޫ ޒުވާނެއް!

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި





