logoEN
PNC TOP 3
މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ލިބޭނެ ގޮތް އެމްޕީއެލުން ހަމަޖައްސައިދެނީ

މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ލިބޭނެ ގޮތް އެމްޕީއެލުން ހަމަޖައްސައިދެނީ

އަހުމަދު ޝުރާއު

logo

2/22/2026, 7:53:12 AM

# އެމްޕީއެލް

-

ނޯތު ހާބަރުގެ އޭ ޒޯން ނުވަތަ ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ލިބޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޯތު ހާބަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ހާމަކޮށްފި އެވެ.

PNC MID 2

އެމްޕީއެލުން މިއަދު ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށާފައިވާ ކަމަށެވެ.

މިއާއިއެކ މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށްކަން އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށާއި މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ.

އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު ދަމަސައްކަތްކުރަމުންދާކަންވެސް އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC