
މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި އެމްޕީއެލްގެ މުވައްޒަފަކު ފިޓްޖެހިގެން ނިޔާވެއްޖެ: ނިޔާވީ ދެއްވަދޫ ޒުވާނެއް!
# އެމްޕީއެލް-
މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި އެމްޕީއެލްގެ މުވައްޒަފަކު ފިޓްޖެހިގެން ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފެއް ވެއްޓި އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:46 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ ދެއްވަދޫ ދެކޮނުގެ އުމުރުން 30 އަހަރުގެ އަމީން އަބްދުލް ހަމީދު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން ނިޔާވީ ފިޓް ޖެހިގެން މޫދަށް ވެއްޓިގެންނެވެ.
ގުޅުންހުރި

ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން 2 ކޮންޓެއިނަރު ފެނިއްޖެ

ބަންދު ދުވަހަކަށް ބާޒާރަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ބޭލުމާއި ކުލިއާކުރުން ކުރިޔަށް!

ސީ-ޓު- އެއާ ކާގޯ: މިދިޔަ މަހު 7 ގައުމަކަށް 162 ޓަނުގެ މުދާ ބޭރަށް ފޮނުވައިފި




