
--
މާލޭ ނޯތު ހާބަރ ސަރަހައްދު ކަނޑު އުޅަނދުފަހަރަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ކަނޑުއުޅަނދު ފަހަރަށް އެ ސަރަހައްދު ހުޅުވާލާފައިވަނީ ރޭ 23:00 ގައެވެ.
ނޯތު ހާބަރު ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.
މިސަރުކާރުން ކުރިޔަށްގެންދާ މަގު ހެދުމުގެ ބިޔަ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް ދޭއްގެ މަސައްކަތަށް ނޯތް ހާބަރު ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ހުސްކޮށްފައިވަނީ މީގެ މަހެއް ކުރިންނެވެ. އެގޮތުން އެސެގްމެންޓުގެ މަސައްކަތް އެއްކޮށް ނިންމައި މިހާރު އާންމު ޓްރެފިކަށްވެސް އެސަރަހައްދު ވަނީ މި ހަފްތާގެ ކުރީކޮޅު ރަސްމީކޮށް ހުޅުވާލާފައި އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
ގުޅުންހުރި

އެމްޕީއެލްގެ އެމްޑީގެ މަގާމުން ރިޝްވާން އިސްތިއުފާދީފި

މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ލިބޭނެ ގޮތް އެމްޕީއެލުން ހަމަޖައްސައިދެނީ

ނޯތު ހާބަރު ސަރަހައްދު ކަނޑު އުޅަނދު ފަހަރަށް އަލުން ހުޅުވާލައިފި

.gif&w=3840&q=75)


