logoEN
WAMCO TOP 1
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

8/15/2025, 8:31:16 AM

# ރާއްޖެ-އިންޑިއާ

-

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ އެސް. ޖައިޝަންކަރް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

THE TRAVELLER AD

ވަޒީރު ފޮނުއްވި މެސެޖުގައި ވަނީ އިންޑިއާ ގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާކަން ފާހަގަކުރައްވާފައި އެވެ.

އަދި ރާއްޖެއާއި އިންޑިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި، ދާދިފަހުން ދެޤައުމުގެ ދެމެދުގައި ހިނގާފައިވާ އިސް ފެންވަރުގެ ބައްދަލުވުންތަކުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަން ހަލީލްގެ މެސެޖުގައި ވިދާޅުވިއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެކަމުގައި ޔަގީންކަންވެސް ވަނީ ދެއްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC