logoEN
Sto top
ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ - އާދަމް ޝަރީފް

ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ - އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

8/15/2025, 8:12:07 AM

# އާދަމް ޝަރީފް އުމަރު

-

ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމަ ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

އެ މަނިކުފާނު މިހެން ވިދާޅުވީ އެއް ހަފުތާގެ މުއްދަތަށް މިނިސްޓްރީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގި "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް" ނިންމުމަށް އިއްޔެ ހަވީރު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"މާކުރިން ހުންއަންނާނެ ކަމަށް ރަޖާލައިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުނުކުރެވޭ. އަބަދުވެސް ރަނގަޅަށް މަސައްކަތްކުރާ މީހުންނަށް އެ ފުރުޞަތުތައް މެދުނުނކެނޑި އަންނަނީ ލިބެމުން. އެ ކަންކަން އެ މުވައްޒަފެއްގެ މައްޗަށް ހުންނަވައި ސްޕަވައިޒަރުން ވަރަށް ރަނގަޅަށް ބަލައިގަނޭ. އަބަދުވެސް ވަޒީފާގެ އިތުބާރާ ޔަޤީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީން" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި ޕްރޮގްރާމުގެ ފައިދާ ބައިވެރިންގެ މޫނުމަތިން މިހާރުވެސް ފެންނަމުންދާކަމަށް ވިދާޅުވެ، ހުރިހާ ގޮތަކަށް ބަލައިއިރުވެސް މި ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ހައްދަވައިދެއްވީތީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހްއަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޓްރޭނިންގ އިންސްޓިޓީއުޓްގެ އެންމެހައި މުވައްޒަފުންނަށް މިނިންޓަރ ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ބަދަލަކީ ނުވަތަ ބަދަލެއް ގެނައުމަކީ ގިނަ ބަޔަކު އެހައި ޤަބޫލުކުރެވޭ ކަމެއްކަމަށް ނުވިޔަސް އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ އަމިއްލަފުޅު ތަޖުރިބާތަކުން ބައެއް ވާހަކަތައް މިނިސްޓަރ ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެކުގައި މަސައްކަތްކުރައްވާ ވެރިންގެ ލަފައާ އެއްގޮތަށް މަސައްކަތްކުރެވުނީމަ ކުރިއެރުންތަކެއް ލިބިގެން އަންނަކަމުގެ އިޙްސާސްތައްކުރެވުނު ކަމަށެވެ. އަދި އަންނަ ކޮންމެ ބަދަލަކަށް އަމިއްލައަށް ތައްޔާރުވެ އެ ޗެލެންޖާ ކުރިމަތިލައިފި ނަމަ ޙަޤީޤަތުގައި ތިމާއަށް ލިބޭ ކުރިއެރުން ބޮޑުވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމު ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ޑިޕާޓްމެންޓެއްގެ ގޮތަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޕްރޮގްރާމުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި އަބަދު އެއް ތަނެއްގަ އެއް ކަމެއްކުރަން ހުރުމުގެ ބަދަލުގައި ލިބޭ ފުރުޞަތާ، އެ ލިބޭ ތަމްރީނުތަކުގެ އެހީގައި ތިމާއަށް ލިބޭ ކުރިއެރުންތައް ބޮޑުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC