
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމު - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު-
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މާލެއަތޮޅު މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް އަދި ކޮންމެ ނިޒާމަކުން ވެރިކަން ކުރިކަމުގައި ވިޔަސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމުކަމަށެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަނެފައިވާ ނިޒާމު ކަމަށެވެ.
އިއްޔެ ހަވީރު މާފުށީގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކުރެވޭނެ ނިޒާމެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒި ނިމާޒުގެ ޙަޤީޤީ މާނައަކީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުން ކަމަަށެވެ.
ކ. މާފުށީ، މަންތާ އައިލެންޑް އަދި ޕިކުނިކު އައިލެންޑް ހިމެނޭ ގޮތަށް ގޮނޑުދޮށްތައް ތަރައްޤީކުރުމަށް ގަނެފައިވާ ސޭންޑް ޕަންޕު، ބާޖު ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ހިމެނޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، މާލެއަތޮޅު ކައުންސިލްގެ ރައީސާއި، މާފުށީ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ މެންބަރުންނާއި، މާފުށީ ޑަބްލިޔޫޑީސީގެ މެންބަރުންނާއި، މާފުށީ ލޯކަލް އޮތޯރިޓީ ކުންފުޏީގެ ވެރިންނާއި، މާފުށީގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމު - އާދަމް ޝަރީފް
-1719987487082.webp&w=3840&q=75)
ރައީސް ގެންދަވަނީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން - މިނިސްޓަރ

ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން ނުކުންނާނެ ޒުވާން ޖީލެއް އުފެދިގެންދާނެ ކަމުގެ އުންމީދު އާވެއްޖެ - އާދަމް ޝަރީފް
