
ރައީސް މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުން - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުންކަމަށް ސިޓީތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހޯއްދެވި ތާރީޚީ ކާމިޔާބީއަށް އެމަނިކުފާނަށް މަރުހަބާ ދަންނަވައި ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އެންމެ ކުރު މުއްދަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވި ރައީސް ޑރ މުޢިއްޒަށް މަރުޙަބާ ދަންނަވައި އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ އަޑުއެއްސެވުމަށް، ރައްޔިތުންގެ ގާތަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅަކީ އެމަނިކުފާނުގެ މުރާލިކަމާއި ސާދާކަމާއި ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށާއި ރައްޔިތުން އެދޭގޮތަަށް، ލާމަރުކަޒީ އުޞޫލުން ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ތާރީޚީ ދަތުރުފުޅެއް ކަމަށެވެ.
ތަފާތު ފިކުރުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުން ސާބިތުކޮށްދެއްވީ ކެތްތެރިކަމާއި އެހެން މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރާ މިންވަރުކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ބައްދަލުވުމެއްގައި ޗެލެންޖު ކުރުމެއް ނުވަތަ ގޮތް ދޫ ނުކުރުމެއް ނުވަތަ ޖަދަލު ކުރުމުގެ އެއްވެސް ހާލަތެއް މެދުވެެރި ނުވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބައްދަލުވުންތައް ކުރިއަށްގެންދަވާފައިވަނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައީސްގެ ދަތުރުފުޅުން އެންމެ ބޮޑަށް ހާމަވީ ރައީސް މުޢިއްޒަށް ރަށްރަށުގައި އިތުރުވަމުންދާ އިޙުތިރާމާއި ލޯތްބާއި ތާއީދު ކަމަށެވެ.
އަދި ރައީސްގެ އަރިހުގައި ހުރިހާ އަތޮޅަކަށް ދަތުރުކުރިއިރު ފާހަގަވީ ޤައުމަށް ހެޔޮ ބަދަލު ގެންނެވުމަަށް ރައީސްގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަންކަމަށާއި މިއީ ޙަޤީޤަތުގައި ވެސް އުންމީދީ ރައީސެއްކަމަށް އާދަމް ޝަރީފްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ގުޅުންހުރި

އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ - އާދަމް ޝަރީފް

ރައީސް މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުން - އާދަމް ޝަރީފް

ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި މުހިންމު ދަންމަރެއް - އާދަމް ޝަރީފް





