logoEN
Sto top
ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި މުހިންމު ދަންމަރެއް - އާދަމް ޝަރީފް

ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި މުހިންމު ދަންމަރެއް - އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

9/17/2025, 7:57:34 AM

# އާދަމް ޝަރީފް އުމަރު

-

ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޢިލްމީ ބިނާއެއް އަދި ދަންމަރެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރ މިހެންވިދާޅުވީ ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

"ޢިލްމުގެ ތަފާތު ނަޒަރިއްޔާތަކާއެކު އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޢިލްމީ ޚަޒާނާއެއް. ފެންވަރު ރަނގަޅު ތަޢުލީމާއި، ތަމްރީނު ފޯރުކޮށްދޭ އަދި އެކްސްޕީރިަންޝަލް ލަރނިންގއަށް ފުރުޞަތު ބޮޑު ޢިލްމީ ބިނާއެއް" މިނިސްޓަރ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ވިލާ ކޮލެޖަކީ، މަތީ ތަޢުލީމު ހޯދުމަށް ރާއްޖޭގެ ގިނަ ބަޔަކު މިއަދު އިޚްތިޔާރުކުރާ ޗޮއިސްއެއްކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ކުރެވޭ ތަޖުރިބާތައް ހޯދުމުގެ އިންތިޒާމުތަން ވިލާ ކޮލެޖުން ފަހިކޮށްދެއްވާފައިވާ ކަން އުފަލާއެކު މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 1448 ދަރިވަރުން އެއް ފަހަރާ ނިމި ވިލާ ކޮލެޖުން ގްރެޖުއޭޓްވާކަން އެއީ އެ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި މަތީ ތަޢުލީމު ފޯރުކޮށްދެއްވުމަށް ވިލާ ކޮލެޖުންކޮށްދެއްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ކޮލެޖުގެ ބާނީ ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޤާސިމް އިބްރާހީމަށާއި، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރަށް ޝުކުރުއަދާކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC