-1719987487082.webp&w=3840&q=75)
ރައީސް ގެންދަވަނީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން - މިނިސްޓަރ
# އާދަމް ޝަރީފް އުމަރު# ޑރ. މުހައްމަދު މުއިއްޒު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކައުންސިލްތަކުން އެމަނިކުފާނަށް ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ, ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، މުހިންމު 2 ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% (ފަސް އިންސައްތަ) ދެގުނަ ބޮޑުކޮށް، %10 (ދިހަ އިންސައްތަ) އަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށްވެސް ވަނި ނިންމަވާފައެވެ.
ގުޅުންހުރި

އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ - އާދަމް ޝަރީފް

ރައީސް މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުން - އާދަމް ޝަރީފް
ރައީސް މުއިއްޒު ކ. އަތޮޅާއި ޅ. އަތޮޅަށް!





