.webp&w=3840&q=75)
--
ގދ.ތިނަދޫގައި ގާއިމް ކުރަމުން އަންނަ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވާ ހިދުމަތް ދެވޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ ގދ ތިނަދޫގައި، ޤާއިމުކުރާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަންތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިވަމުން އަންނަ ކަމަށެވެ.
ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރަށް ނިންމައި މަސް ގަންނަން ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 3,050.363 އަކަފޫޓުގެ ސަރަޙައްދެއްގައި ރ-ީއިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. ސައުދީ ޑެވެލޮޕްމެންޓް ފަންޑް(އެސްޑީއެފް) ގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023ގައެވެ.
"އުތުރާއި ދެކުނުގައި" ބާނާ ބޮޑުކަންނެލި، މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރުތެރޭ ފެށުމަށް މިފްކޯއިން ވަނީ ރާވާފައެވެ.
ޕްރޮސެސިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކާއެކު، މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައި ކޫއްޑޫގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއްވެސް މިފްކޯއިން ވަނީ އަޅާފައެވެ. އެގޮތުން ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއި ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމާއި އަދި ފެލިވަރު ކޭނަރީގެ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މި އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ.
މިފްކޯގެ އަމާޒަކީ މަސްވެރި ސިނާއަތާއި މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމެވެ.
ގުޅުންހުރި

މިމަހު މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށަނީ
.webp&w=3840&q=75)
ތިނަދޫ މަސް ގަންނަ މަރުކަޒު އަންނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރަނީ

އޮޕަރޭޝަން ހުއްޓިފައި އޮތް އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ
